Ad
"އީ.ޕީ.އެސް. ހަނދާން"ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުން. ފޮޓޯ:ރައީސްއޮފީސް

ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް: ނައިބުރައީސް

ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީ.ޕީ.އެސް.އެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީ.ޕީ.އެސް. ހަނދާން"ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުމާއި، އީ.ޕީ.އެސް. ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، އެމަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އައުކުރައްވާ، އީ.ޕީ.އެސް. ސްކޫލުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އީ.ޕީ.އެސް. ސްކޫލުން ދަރިވަރުވި އެތަކެއް ބަޔަކު މިއަދު ޤައުމުގެ ޒިންމާދާރު އެކިއެކި މަޤާމުތަކާއި މަސައްކަތްތަކުގައި ޚިދުމަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އީ.ޕީ.އެސް. ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި، އެސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ، އީ.ޕީ.އެސް. ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު "އީ.ޕީ.އެސް. ހަނދާން" މަޖައްލާވެސް ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވާފައެވެ. އީ.ޕީ.އެސް. ސްކޫލް އުފެދުނީ، 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެސްކޫލުން 26,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *