Ad

އިޓާލިއަން ސެރިއާ: އިންޓަރ މިލާނާއި ޕާމާގެ މެޗް ވީ އެއްވަރު

އިޓާލިއަން ސެރިއާގައި އިންޓަރމިލާނާ ޕާމާ ބައްދަލުކުރި މެޗް 2-2 އިން އެއްވަރުވެ ލީގުގެ 5 ވަނަ އަށް އިންޓަރމިލާން ވެއްޓިއްޖެއެވެ.

އިންޓައިން މި މެޗް ކުޅުނީ އަނިޔާގެ ސަބަބުން ފޯވާޑް ރޮމަލޫ ލުކާކޫ ނުލައެވެ. މެޗްގެ ފުރަތަމަ 2 ގޯލް ޖަހާ ކުރި ހޯދީ ޕާމާއިން ނެވެ. މިދެލަނޑުވެސް ކާމިޔާބުކުރީ ކުރިން އާސެނަލްއަށް ކުޅުނު ޖާވީނިއޯއެވެ. ޕާމާއިން ދެވަނަ ލަނޑުޖެހިތާ2 މިނެޓް ފަހުން އިންޓަމިލާނުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މާޝެލޯ ބްރޯޒޯވިޗްއެވެ. މި މެޗް އެއްވަރުވި ގޯލް މެޗުގެ އިތުރު ވަގުތު ތެރޭގައި އިންޓަރއަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާގެ އިވާން ޕެރިސިޗެވެ.

ލީގު ތާވަލްގެ 1 ވަނައިގަ 16 ޕޮއިންޓާއެކު އޮތީ ރަނގަޅު ފޯމެއްގައި އޮތް އޭސީ މިލާނެވެ. 2 ވަނައިގަަ 12 ޕޮއިންޓާއެކު އެޓްލާންޓާ އޮތްއިރު ނަޕޯލީ އޮތީ 11 ޕޮއިންޓާއެކު 3 ވަނައިގައެވެ. 9 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ 6 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *