Ad

ފްރެންޗް ލީގް 1: ޕީއެސްޖީން 3 ޕޮއިންޓްގެ ލީޑެއް!

ފްރާންސް ލީގު 1 ގައި ޕީއެސްޖީން ނެންޓެސްގެ މައްޗަށް ކުރި ހޯދާ ލީގު ތާވަލުގެ އެއްވަނައިގައި ހިފަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. އެމްބާޕޭގެ އެހީތެރިކަމާއެކު މެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ އެންދަރު ހެރޭރާއެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު ލިބުނު ޕެނެލްޓީއަކުން 65 މިނިޓުގައި ކާމިޔާބުކުރީ މިމެޗްގައި މޮޅުކުޅުމެއް ދެއްކި އެމްބާޕޭއެވެ. ފަހު ލަނޑު މެޗު ނިމެން މިނިޓެކަށް ވެފައިވަނިކޮށް ކާމިޔާބު ކުރީ ސްޕެއިންގެ ޕަބްލޯ ސަރަބިޔާއެވެ.

ލީގުގައި ވިދިވދިގެން ހޯދި ހަތްވަނަ މޮޅާއެކު ޕީއެސްޖީ ވަނީ 21 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގަ ތިންޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *