Ad
ރައީސް އިނގިރޭސިވިލާތުގެ ސަފީރާއި ބައްދަލުކުރެއްވުން. ފޮޓޯ:ރައީސްއޮފީސް
ރައީސް އިނގިރޭސިވިލާތުގެ ސަފީރާއި ބައްދަލުކުރެއްވުން. ފޮޓޯ:ރައީސްއޮފީސް

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރާތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ދޭދޭ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުކަމުގެ މަޤާމުގެ ފުރަތަމަ ދައުރު ފުރިހަމަކުރައްވާފައިވާތީ، އެކަން ފާހަގަކުރައްވާ، ކެރޮން ރޮސްލަރއަށް މަރުހަބާ ދަންނަވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސިވިލާތުގެ ސަފީރުވަނީ، ފަތުރުވެރިކަމުގެ ސިނާޢަތާއި، ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން، އިނގިރޭސިވިލާތުގައި ތަޢުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން އެކުގައި މަސައްކަތްކުރުމާއި، މޫސުމާ ގުޅޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސިވިލާތުގެ ސަފީރުވަނީ، ކޯވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިނގިރޭސިވިލާތުގެ ސަފީރުވަނީ، ދިވެހި ސަރުކާރުން ކޯވިޑް-19ގެ މިހާލަތުގައި ނަންގަވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އަދި މި ބަލިމަޑުކަމާއެކު އިންގްލެންޑް ފުރަބަންދުކުރުމާ ގުޅިގެން، އެސަރަޙައްދުގެ ހާލަތު ރަނގަޅުވުމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާ، އެއަށްފަހު ރާއްޖެއަށް ޒިޔާރަތްކުރާ އެޤައުމުގެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ދާދިފަހުން ދެޤައުމުގެ ދެމެދު ޤާއިމުކުރުމަށް އިޢުލާންކުރި އެއަރ ބްރިޖްގެ ދަށުން ކަރަންޓީންނުވެ ރާއްޖެއަށް ފަތުރުވެރިންނަށް އައުމަށް މަގުފަހިވެގެން ދިއުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިނގިރޭސިވިލާތުން އިޢުލާނުކުރުމާއި ގުޅިގެން، އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރުވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ކެރޮން ރޮސްލަރއަކީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ މި ސަރުކާރުގެ އެއް ވަޢުދު ކަމުގައިވާ އެހެން ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ވަޢުދުގެ ދަށުން މިއަހަރުގެ ފެބުރުވަރީ މަހު ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށްވުމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުމެކެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިކަމުގައި އިނގިރޭސިވިލާތުގެ ސަފީރުގެ ގޮތުގައި ކެރޮން ރޮސްލަރ އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކެރޮން ރޮސްލަރގެ ސަފީރުކަމުގެ ދައުރުގައި، މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކުގައި މަސައްކަތްކުރުމާއި، އަދިވެސް އެހެނިހެން ދާއިރާތުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ، 26ވަނަ ޔޫ.އެން. ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީ.އޯ.ޕީ. 26)ގައި ރާއްޖެއިން ބައިވެރިވުމަށް އިނގިރޭސިވިލާތުން ދީފައިވާ ދަޢުވަތަށް ޝުކުރު ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *