ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކަށް ޖަރުމަނުގެ ފްރޯރިއަން ވިޓްޒް!

ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޖަރުމަނުގެ އުންމީދީ ކުޅުންތެރިޔާ ފްލޯރިއަން ވިރޓްޒް ސޮއިކޮށްފިއެވެ.

ލިވަޕޫލާ އެކު، ވިޓްޒް ސޮއިކުރީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވާޓްޒް، 22، ގަންނަން ލިވަޕޫލުން ފުރަތަމަ ބަޔާން ލެވަކޫސަނަށް ދައްކާނީ 135 މިލިއަން ޑޮލަރެވެ. އަދި، ލިވަޕޫލާ އެކު، ވިޓްޒް ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު 15 މިލިއަން ޑޮލަރު ދައްކާނެ އެވެ. މިކަންކަމަށްބަލައި ލެވަކޫސަނަށް ދައްކަން ޖެހޭ ހުރިހާ ފީއެއް ދޭންޖެހިއްޖެނަަމަ، އޭނާ ވެގެންދާނީ، ޕްރިމިއާ ލީގުގެ ކްލަބަކުން ކުރި އެންމެ އަގުބޮޑު ޓްރާންސްފާ އަށެވެ.

ޖަރުމަނު ލީގުގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ފްލޯރިއަން ހޯދަން މެންޗެސްޓާ ސިޓީއާއި ރިއަލް މެޑްރިޑުންވެސް މަސައްކަތް ކުރިއެވެ.

އުމުރުން 17 އަހަރުގައި ލެވަކޫސަން ސީނިއާ ޓީމަށް ކުޅެން ފެށި ވާޓްޒް ވަނީ އެ ޓީމަށް ކުޅޫނު، 197 މެޗުން 57 ގޯލު ޖަހައިފަ އެވެ. އަދި، ލެވަކޫސަނުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރިއިރު، އޭނާ މުހިންމު ރޯލެއް ކުޅުނެވެ. ޖަރުމަނު ގައުމީ ޓީމަށް، އޭނާ ވަނީ 31 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.

މި ޓްރާންސްޕާރ މާރކެޓްގައި ލިވަޕޫލުން އަންނަނީ ރަނގަޅު ޓްރާންސްފަރ ތަކެއް ކުރަމުންނެވެ. މިގޮތުން ވަޓްޒްއާއެކު ބަޔާން ލެވަކޫސަނަށް ކުޅުނު ފްރިންގޕޮންގްވެސް ވަނީ ލިވަޕޫލަށް ގެނެސްފައެވެ. މީގެއިތުރުން މިދިޔަ ސީޒަންގައި ބޯންމައުތަށް މޮޅު ކުޅުމެއްދެއްކި ހަންގޭރީގެ ލެފްޓު ބެކް ކާކެޒް އާއެކު ލިވަޕޫލުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މީގެއިތުރުން ނިއުކާސްޓަލްގެ އިސާކް ހޯދަންވެސް ލިވަޕޫލުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިއާއެކު ލިވަޕޫލުން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާނެކަމަށް ބެލެވެއެވެ. މީގެތެރޭގައި ޑާވިން ނޫނޭޒްއާއި، ކިއޭސާ އަދި ގުއަންސާހު ޓީމު ދޫކޮށްލާނެކަން ވަނީ ޔަގީންވެފައެވެ. އަދި ޑިފެންޑަރު ރޮބަޓްސަންއާއި، އެލިއޮޓްގެ އިތުރުން ޖޮޓާވެސް ވިއްކާލުމުގެ ފުރުޞަތު އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *