ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް "ޓޫއޮފް އަސް" ބޭންޑް ހޮވައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން މިހާރު ވަނީ ލޯކަލް އެމްބެސެޑަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެމްއެމްޕީއާރުސީން ބުނީ، ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ ސަގާފީގޮތުން ތަނަވަސް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބައިވެރިކޮށްގެން ބާރުވެރިކުރުވުންކަމަށެވެ.
އެމްއެމްޕީއާރުސީން ބުނީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާރފޯމަންސްތައް ހިމެނޭހެން ހުރިހައި ޝޯއަކާއި އިވެންޓެއްގައި މި ބޭންޑުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސެޕްޓެމްބަރ މަހު "ބްރިޓަންސް ގޮޓް ޓެލެންޓް 19″ ގައި އޮޑިޝަންގައި ބައިވެރިވުުމުގެ ފުރުސަތުވެސް ޓޫ އޮފް އަސްއަށް ވަނީ ލިބިފައެވެ.
ވިޒިޓް މޯލްޑިވްސްއިން މިހާރު ވަނީ ލޯކަލް އެމްބެސެޑަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ.