Ad
- އަހްމަދު މުޙައްމަދުފުޅު .ކޮމިޝަނަރ އޮފް ޕްރިޒަންސް ފޮޓޯ: ކަރެކްޝަން
- އަހްމަދު މުޙައްމަދުފުޅު .ކޮމިޝަނަރ އޮފް ޕްރިޒަންސް ފޮޓޯ: ކަރެކްޝަން

ހުރިހާ ފަރާތްތަކުން ބަލައިގަންނާނެ ލެވަލްއަށް ކަރެކްޝަންގެ ކަންކަން ހަރުދަނާކުރަން ކޮމިޝަނަރ ގޮވާލައްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ކަންތައްތައް ހުރިހާ ފަރާތްތަކުން ބަލައިގަންނާނެ ލެވަލްއަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ގޮވާލައްވައިފި.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިކަމަށް ގޮވާލެއްވީ، އެމް.ސީ.އެސްގެ މާފުށީ ޖަލުގެ 22 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ އެ ޖަލުގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ކަރެކްޝަނަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ އޭޖެންސީތަކުން ގާތުން ބަލަމުންދާ މުވައްސަސާއެއް ކަމަށެވެ. އަދި މި މުވައްސަސާގެ ކަންތައްތައް ހުރިހާ ފަރާތްތަކުން ބަލައިގަންނާނެ ލެވަލްއަށް ހަރުދަނާކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މީގެއިތުރުން އެކި ދާއިރާތަކުގެ އިލްމުވެރި އަދި ފަންނީ އޮފިސަރުންނާއި، މުވައްޒަފުން ބިނާކުރުމުގެ މުހިއްމުކަމަށް އަލި އަޅުއްވައި، އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރުމަށް ކޮމިޝަނަރ ބާރުއެޅުއްވިއެވެ.

މާފުށީ ޖަލުގެ މެނޭޖްމަންޓް، ޕްރިޒަން އޮފިސަރުން އަދި ސިވިލް މުވައްޒަފުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާ ކޮމިޝަނަރ ވިދާޅުވީ، ކޯވިޑް-19 ޖަލުތަކަށް ނުފެތުރި ހިފެހެއްޓިފައިވަނީ މާތް ﷲގެ ވާގިފުޅާއި، އެމްސީއެސްއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އިތުރުން ހީވާގި އޮފިސަރުންނާއި، މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރޭވިފައިވާ ގިނަ ކަންތައްތައް މަޑުޖައްސާލައި ނުވަތަ ކުރިއަށް ނުގެންދެވިފައިވީނަމަވެސް، ބައެއް ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މާފުށީ ޖަލުގެ 22ވަނަ އަހަރީ ދުވަސް ފާހަގަކުރުން.ފޮޓޯ:ކަރެކްޝަން

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި، މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި، ޕްލާގް ހަވާލުކުރިއެވެ. އަދި ގަޑިއަށާއި ހާޟިރީއަށް ފަރުވާތެރިވި އޮފިސަރުންނާއި، މާފުށީ ޖަލަށް އެކި ގޮތްގޮތުން އެހީތެރިވެދިން އޮފިސަރުންނާއި، މުވައްޒަފުންގެ އިތުރުން މާފުށީ ޖަލަށް ރީތި ނަން ހޯދައިދިން އޮފިސަރުން ފާހަގަކުރިއެވެ.

މީގެއިތުރުން މިރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު މާފުށީ ޖަލުގެ މަސައްކަތްތައް ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދެއްކިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *