ޑޮލަރު މައްސަލާގައި މިނިވަންދުވަހު ޓީއެމްއޭގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމައިފި

ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާ ގުޅިގެން  ޖުލައި 26 ގައި ޓީއެމްއޭގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ ކަމަށްވާ ޓީއެމްއޭގެ ގިނަ އަދެއްގެ މުވައް ޒަފުން ބައިވެރިވި ބައްދަލުވުމެއްގައި ރޭ  މުވައްޒަފުން ވަނީ އެމްއެމްއޭގެ ޕްރެޝަރަށް ޓީއެމްއޭއިން މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދިނުމުގައި އަމަލުކުރަމުން އައި ގޮތް ބަދަލުކޮށްފައިވާތީ އެކަމުގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ.

އެގޮތުން ސަރުކާރުގެ ޕްރެޝަރަށް މުވައްޒަފުންނަށް އިހާނެތިކޮށް ހިތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ޓީއެމްއޭގެ މުވައްޒަފުން ޖުލައި 26 ގައި އޮފަރޭޝަންގައި ބައިވެރި ނުވާން ވަނީ ނިންމާފައެވެ.

ޓީއެމްއޭގެ އޮޕަރޭޝަން ހުއްޓުމަކީ ފަތުރުވެރިކަމަށް އެކަމުގެ ވަރަށްބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ހާއްސަކޮށް މަތީފަންތީގެ ރިސޯޓްތަކުން ޓޫރިސްޓުން އުފުލުމަށްބޭނުންކުރަނީ ސީޕްލޭން ކަމަށްވާއިރު މުވައްޒަފުންގެ ޑިމާންޑަށް އިޖާބަ ނުދީފިނަމަ ޓޫރިޒަމަށް ވަރަށްބޮޑު ނޭދެވޭ އަސަރު ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *