އީޒެޕްގެ އުމްރާވެރިން އުމްރާއަށް ދާނީ ޤިބްލަ އާއެކު!

ރާއްޖޭގެ ފުރަތަމަ ސުޕައެޕްލިކޭޝަން "އީޒެޕުން" ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕާއެކު އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ.

އީޒެޕުން ވަނީ އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއްފަށާފައެވެ. އީޒެޕުން ފެށި މި ޕްރޮމޯޝަނުގެ ދަށުން ނަސީބުވެރި ފަރާތްތައް އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާނީ ޤިބްލަ ގްރޫޕާއެކުގައެވެ.

ޤިބްލަ ގްރޫޕާއެކު ޤާއިމްކުރެވިގެންދިޔަ އެއްބަސްވުމުގެ ދަށުން ޤިބްލައިން ދޭ ޕްރިމިއަމް އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު އީޒެޕްގެ ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.

އީޒެޕުން ބުނެފައިވަނީ މި ޕްރޮމޯޝަނުގެ ދަށުން އީޒެޕްގެ ކާރު/ޕިކަޕު އަދި ސައިކަލް ޑްރައިވަރުންނަށް އަންނަ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނަގާ ކޮންމެ ދަތުރަކުންވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އީޒެޕުން އިތުރަށް ބުނީ، މި ޕްރޮމޯޝަންގައި ޓެކްސީ ކޮށްދިނުމުގެ އިތުރުން އީޒެޕްގައި ހިމެނޭ ފިހާރަތަކުންނާއި ރެސްޓޯރަންޓްތަކުން ޑެލިވަރ ކޮށްދޭ ޕަބްލިކް ޑްރައިވަރުންނަށްވެސް ސައިކަލު ކެޓެގެރީން ބައިވެރި ވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ފަރުމާ ކުރެވިފައިވަނީ، ގިނައިން ދަތުރު ނަގާ ނުވަތަ ޑެލިވަރީ ކުރާ ޑްރައިވަރުންނާއި، އަދި ދަތުރު ކުރާ ކަސްޓަމަރުންނަށް، އުމްރާ ދަތުރު ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެގޮތަށެވެ.

ކާރާއި ޕިކަޕް އަދި ސައިކަލް މެދުވެރިކޮށް ދަތުރުކުރާ ކަސްޓަމަރުންނަށްވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާއިރު، އުމްރާ ދަތުރު ލިބޭ ކަސްޓަމަރެއް ކަނޑައަޅާނީ ކާރާއި ޕިކަޕް އަދި ސައިކަލްގައި އެ މުއްދަތުގެ ތެރޭގައި ދަތުރުކުރި ފަރާތްތަކުގެ ދަތުރުތައް އެއްކޮށްލުމަށްފަހު ނެގޭ ގުރުއަތަކުން ކަމަށް އީޒެޕުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *