އެމްޑީޕީ ސަރުކާރުން ކޮވިޑް މެނޭޖްކުރިގޮތުން ދިވެހިރާއްޖޭގެ އިޤުތިސާދު މަރުވީ! ރައީސް ޑރ މުއިއްޒަށް ޖެހުނީ ސުމަކުން ފަށަން!

ކޮވިޑަކީ ފަހުގެ ތާރީޚުގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބިރުވެރި ޢާލަމީ ނުރައްކަލެވެ. މިނުރައްކަލަށް ދިވެހިރާއްޖެ ކުރިމަތިލީއިރު ރާއްޖޭގެ ރިޒާވްގައި 1000 މިލިއަން ޑޮލަރު ނުވަތަ އެއްބިލިއަން ޑޮލަރު ހުއްޓެވެ. ސޮވެރިންގ ޑިވެލްޕްމަންޓް ފަންޑްގައި 250 މިލިއަން ޑޮލަރު ހުއްޓެވެ. އޭރު ދިވެހި އިގުތިސާދާއި އަދި މާލީ ދާއިރާގެ ކަންކަން ކުރިއަަމުން ދިޔައީ ދެކުނު އޭޝިއާގެ އެންމެ މަތީ ދަރަޖައިގައެވެ.

ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވި ހިނދު ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުނީ ދިވެހި ޚަޒާނާގައި މި ދެންނެވި ފުދުންތެރިކަން ހުރީމައެވެ. އެވަގުތު ޤައުމީ ރިޒާވްގައި 1000 މިލިއަން އެމެރިކާ ޑޮލަރު ނެތް ނަމަ، އަދި ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑްގައި 250 މިލިއަން އެމެރިކާ ޑޮލަރު ނެތް ނަމަ ރާއްޖެއަށް ކުރިމަތިވާނެ ހާލަތު ބަޔާންކުރަންވެސް ދަތިވާނެއެވެ.

ކޮވިޑާއި ގުޅިގެން ދިވެހިރާއްޖެއަށް ބޭރުގެ އެހީ ދުވަހަކުވެސް ނުލިބޭ މިންވަރަށް ލިބިފައިވެއެވެ. އޭރުގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ތަފާތު މުނާސަބަތުތަކުގައި ތަކުރާރުކޮށް މިވާހަކަ ވަނީ ވިދާޅުވެފައެވެ. ހިލޭ އެހީގެ ގޮތުގައި 565.2 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 8.7 ބިލިއަށް ދިވެހި ރުފިޔާ ލިބުނެވެ. މިއީ ދުވަހަކުވެސް ކުޑަ މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެއަށް ހިލޭ އެހީ ލިބިފައިވާ މިންވަރެއް ނޫނެވެ. ނަމަވެސް ފިނޭންސް މިނިސްޓަރ އާމިރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ ރުންކުރުކު ކަމާއި މެނޭޖް ކުރުމުގެ ތަޖުރިބާ މަދުކަމުން ޚާރިޖީ ވަޒީރުގެ ހިކުމަތްތެރިކަމުން މިހޯދި ބޮޑެތި އެހީންވެސް ފޫނުބެއްދިގެން އެންމެފަހުން ޖުހުނީ ފައިސާ ޗާޕުކުރާށެވެ.

ރައީސް ނަޝީދާއި އެހެން ޑިމޮކްރެޓުން އޭރުވެސް ފާޅުގައި ގޮވަމުން އެދެމުން ދިޔައީ އިޤްތިސާދު ރަނގަޅަށް މެނޭޖް ކޮށްދިނުމަށެވެ. ކޮރަޕްޝަނާއި ވައްކަން ހުޓުވުމަށެވެ. ބޭކާރު ޚަރަދު ނުކުރުމަށެވެ. އީވާއާއި އިންތި އަދި ވައްޑޭ ފަދަ އޭރުގެ މަޖިލިސް މެމްބަރު ކަރުން ނާރު ފުއްޕާވަރަށް އަޑުގަދަކޮށް މިވާހަކަތައް ރައްޔިތުންގެ މަޖިލީހުގައި ވަނީ ތަކުރާރުކޮށް ދައްކާފައިވެއެވެ. އަރުޝީފުން މިއަދުވެސް ފެންނަން އެބަހުއްޓެވެ.

ކުރީގެ ފޮރިންގ މިނިސްޓަރ ޝާހިދުގެ ހިކުމަތްތެރިކަމުން ކޮވިޑްގައި ލިބުނު ޖުމުލަ 8.7 ބިލިއަން ރުފިޔާގެ ތެރެއިން ސީދާ ކޮވިޑަށް ޚަރަދު ކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާއެވެ. ބާކީ 4.5 ބިލިއަން ރުފިޔާއަށް ވީގޮތެއް ނޭގެއެވެ. އަދި ހިލޭ އެހީގެ ބަޖެޓް ހުސްނުވަނީސް 8 ހާސް މިލިއަށް ރުފިޔާ ވަނީ ޗާޕުކޮށްފައެވެ. މިކަންވެސް ކޮށްފައިވަނީ ޤާނޫނުތައްވެސް ތަޅުލާފައެވެ. އެއްވެސް މީހަކު މިހާރު މިވާހަކަ ނުދައްކަނީ ކީއްވެ ކަމެއް ނޭގެއެވެ.

ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީގަތަކީ ގޮވިޑްގެ ވަގުތުގައި ދިވެހި އިޤުތިސާދު މެނޭޖް ކުރިގޮތުން ދިވެހިރާއްޖޭގެ އިޤުތިސާދު މަރުވެފައި އޮތްކަމެވެ. މަރާލީ އެކަންޏެއް ނޫނެވެ. އިޤުތިސާދު މަރާލާ ކަފުންކޮށްފައި، ވެރިކަމުގެ ދެވަނަ ދައުރެއް ރައްޔިތުން ނުދިނީމަ އައި ރުޅީގައި އިޤުތިސާދު ޗިސްޗިސް ވަންދެން އެމްޑީޕީގެ ވެރިން ވަނީ ކޮޅުފައިން ތަޅާފައެވެ. މިކަމުގައިވެސް އެންމެ ކުރީގައި ތިއްބެވީ ފައްޔާޒާި އަމީރެވެ.

ޑރ މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމާއިއެކު ފައްޔާޒު އާއި އަމީރު އެންމެ ގިނައިން ދައްކާފައިވާ އެއްވާހަކައަކީ މާރޗް 2024 ގައި ދިވެހިރާއްޖެ ބަނގުރޫޓުވެ ބަނޑަށް ޖެހޭނެ ވާހަކައެވެ. އިޤުތިސާދާއި މާލިއްޔަތަށް އަނިޔާކޮށް ކޮޅުފައިތަޅާ މަރާލި މީހުންނަށް ވުރެ ބޮޑަށް މިކަން އިނގޭނީ ކޮންބަޔަކަށްތޯއެވެ. ރައީސް ޑރ މުއިއްޒަށް ޖެހިވަޑައިގަތީ ރާއްޖޭގެ އިޤުތިސާދު އަލުން ނަގާ ކޮޅަށް ޖަހާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *