އެމްޓީސީސީގައި 4,130 މުވައްޒަފުން މަސައްކަތްކުރޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގައި މި އަހަރުގެ 2 ވަނަ ކުއާޓާގައި މަސައްކަތްކޮށްފައިވަނީ ޖުމްލަ 4،130 މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ މި އަހަރުގެ 2 ވަނަ ކުއާޓާގެ "ކުއާޓަލީ ރިޕޯޓް 2، 2025″ ގައި ބުނެފައިވަނީ އެ ކުންފުނީގައި ޖުމްލަ 4،130 މުވައްޒަފުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 2.463 ދިވެހިންނާއި 1،661 ބިދޭސީން ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ 2 ވަނަ ކުއާޓާގައި އެކުންފުންޏަށް އާމްދަނީގެ 490.3 މިލިޔަން ރުފިޔާގެ ލިބިފައިވާ ކަމަށާއި، އަދި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ވަނީ 27.9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ބުނެފައެވެ.

އަދި 2 ވަނަ ކުއާޓަރުގައި 313 މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށާއި އޭގެ ތެރެެއިން 9 މަޝްރޫޢެއް ނިންމައި، 64 މަޝްރޫޢެއްގެ އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށާއި، އަދި އިތުރު 35 މަޝްރޫޢެއްގެ މަސައްކަތް އެކުންފުންޏަށް ލިބިފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.42 ބިލިއަން ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *