Ad
އެޓްލާންޓާ ކޮޅަށް ލިވަޕޫލުން ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ލިވަޕޫލް
އެޓްލާންޓާ ކޮޅަށް ލިވަޕޫލުން ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ލިވަޕޫލް

ޗެމްޕިއަންސް ލީގް: ޑިއެގޯ ޔޮޓާގެ ހެޓްރިކާއެކު ލިވަޕޫލަށް ބޮޑު މޮޅެއް

ޗެމްޕިއަންސް ލީގުގައި އެޓްލާންޓާއާއި ވާދަކޮށް ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ.

އެޓްލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ފަސޭހަކަމާއެކު ލިވަޕޫލުން ކާމިޔާބުކުރީ 5-1 ލަނޑުންނެވެ. މިމެޗްގައި މިސީޒަންގައި ލިވަޕޫލާ އަލަށް ގުޅުނު ޑިއެގޯ ޔޮޓާ ވަނީ 3 ލަނޑު ޖަހާ ހެޓްރިކު ހަދާފައެވެ. މެޗްގެ ފުރަތަަމަ ގޯލް 16 މިނެޓްގައި އޭނާ ކާމިޔާބުކުރީ އެލެގްޒެންޑާ އާނޯލްޑްގެ އެހީތެރިކަމާއެކުގައެވެ. ދެވަނަ ލަނޑު 33 މިނެޓްގައި ޑިފެންޑަރު ޖޯ ގޮމޭޒްގެ އެހީތެރިކަމާއެކު ޔޮޓާ ކާމިޔާބު ކުރިއިރު އޭނާ ހެޓްރިކް ހަދާފައިވަނީ ސާޑިއޯ މާނޭގެ އެހީތެރިކަމާއެކު 54 ވަނަ މިނެޓްގައެވެ.ލިވަޕޫލްގެ ތިން ވަނަ ލަނޑު 47 ވަނަ މިނެޓުގައި މުޙައްމަދު ސަލާހު ކާމިޔާބުކޮށްދިންއިރު ހަތަރު ވަނަ ގޯލް މާނޭ ކާމިޔާކު ކުރީ ސަލާހުގެ އެހީތެރިކަމާ އެކުގައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗްގައި ހެޓްރިކްހެދި ޕޯޗްގަލްގެ ފޯވާޑް ޑިއެގޯ ޔޮޓާއެވެ.

މި ނަތީޖާ އާއެކު ލިވަޕޫލުން ވަނީ ކުޅުނު 3 މެޗް ވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ތާވަލްގެ 1 ވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައި 4 ޕޮއިންޓާއެކު އަޔެކްސް އޮތްއިތު 3 ވަނައިގައި އޮތް އެޓްލާންޓާއަށް ވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. އަޔެކްސްއަށް 2 ވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މި ގްރޫޕްގެ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށްފައިވާއިރު ލިވަލޫލް ކޮޅަށް އަދި ގޯލެއް ވަދެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *