އެންޓި މޮނޮޕޮލީ ގާނޫނުތަކާ ހިލާފުވުމާއި ގުޅިގެން 2.95 ބިލިއަން ޔޫރޯ (3.47 ބިލިއަން ޑޮލަރު) އިން ގޫގްލް ޖޫރިމަނާ ކުރިތާ މާގިނަ އިރުތަކެއް ނުވަނީ ޔޫރަޕިއަން ޔޫނިއަން އަށް އެމެރިކާއިން އިތުރު އިންޒާރު އިންޒާރުތަކެއް ދީފިއެވެ.
އެންޓި މޮނޮޕޮލީ ގާނޫނުތަކާ ހިލާފުވުމުން 2.95 ބިލިއަން ޔޫރޯ (3.47 ބިލިއަން ޑޮލަރު) އިން ގޫގްލް ޖޫރިމަނާ ކުރިތާ މާގިނަ އިރުތަކެއް ނުވެ ޔޫރަޕިއަން ޔޫނިއަން އިން އިތުރު ޓެރިފްތަކެއް ނަގާނެ ކަމުގެ އިންޒާ ރައީސް ޓްރަމްޕް ދެއްވާފިއެވެ.
އީޔޫގެ ނިންމުމާއި ގުޅިގެން ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ވިދާޅުވީ ޔޫރަޕުން މިއަދު އެމެރިކާގެ ގޫގުލް 3.5 ބިލިއަން ޑޮލަރުގެ ޖޫރިމަނާ ކުރުމަކީ ވަރަށް ނާއިންސާފު ކަމެއް ކަމަށެވެ. އެމެރިކާއިން މިކަމާ ދެކޮޅަށް ތެދުވާނެ ކަމަށްވެސް ވިދާޅުވިއެވެ. ތަފާތު ކުރުމުގެ މިފަދަ ޢަމަލުތަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަދަ ނުހައްޤު އަދަބުތައް ބާތިލުކުރުމަށް ދަތިކުރުމުގެ ފިޔަވަޅުތައް ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
އީޔޫއިން ހުކުރު ދުވަހު އިއުލާން ކުރި ގޮތުގައި ގޫގުލްގެ މާކެޓް ޑޮމިނޭންސް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވާދަވެރިންނަށް ވުރެ ވާދަވެރި ނަހަމަ ފައިދާއެއް ހޯދުމަށް ގޫގުލްގެ މާކެޓް ޑޮމިނޭންސް ނަހަމަ ގޮތުގައި ބޭނުންކުރަމުްނެވެ. އަދި މި އަމަލުތައް ހުއްޓުވުމަށް އީޔޫއިން ވަނީ ގޫގުލް އަށް ވެސް އަންގާފައެވެ. މިއީ އެންޓި ޓްރަސްޓް މައްސަލައެއްގައި މަލްޓިބިލިއަން ޔޫރޯގެ ޖޫރިމަނާއަކާއެކު ބްރަސެލްސް އިން އެ ކުންފުނި ދަތިކުރުމުގެ ފިޔަވަޅު އެޅި ހަތަރު ވަނަ ފަހަރެވެ.
މިނިންމުމުން އެނގޭ ގޮތުގައި އެޑް ޓެކްގެ ދާއިރާއިން ގޫގުލްގެ ޑޮމިނޭންޓް މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށް، ޕަބްލިޝަރުންނާއި އިޝްތިހާރު ކުރާ ފަރާތްތަކާއި ކޮންސިއުމަރުންނަށް ގެއްލުން ލިބޭކަމަށް ރިޕޯޓެއް ވަނީ ނެރެފައެވެ. މި ނިންމުން އިސްތިއުނާފު ކުރުމަށް ގޫގުލް އިން ވަނީ ނިންމާފައެވެ.