މަޓާޓޯގެ ސީއީއޯގެ މަޤާމުން ސޫޒަން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯކަމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފިއެވެ.

ސޫޒަންގެ އިސްތިއުފާއާ ގުޅިގެން މަޓާޓޯއިން އެކްސް ގައި ބުނެފައިވަނީ ސޫޒަންގެ ލީޑަޝިޕްގެ ދަށުން އެ ކުންފުންޏަށް ކުރިއެރުންތަކެއް ލިބުމަށް މަގުފަހިވި ކަމަށާއި، އޭގެ ތެރޭގައި، މަޓާޓޯގެ އައު ލޯގޯއާއި ވެބްސައިޓާއި ރޯދަ ކުއިޒް ހިމެނޭ ކަމަށާއި، މީގެ އިތުރުން ސޫޒަންގެ މަސައްކަތުން ޓޫރިޒަމް ސިނާއަތުގައި މަޓާޓޯގެ ދައުރު ވަރުގަދަވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން އައްޔަނުކުރީ 27 ޖެނުއަރީ 2024 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *