ވައިގެ މަގުން ގެންނަން ޖެހުނަސް، އަަސާސީ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި ކާބޯތަކެތި ހުސްނުވާވަރަށް އެސްޓީއޯއިން ގެންނާނެ: އެމްޑީ ޝިމާދު

ވައިގެ މަގުން ގެންނަން ޖެހުނަސް، އަަސާސީ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި ކާބޯތަކެތި ހުސްނުވާވަރަށް އެސްޓީއޯއިން ގެންނާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާސާސީ ކާބޯތަކެތީގެ ގޮތުގައި އެސްޓީއޯއިން މީގެ ކުރިން ގެންނަމުންދާ ކާޑުގެ ބާވަތްތަކުގެ އިތުރުން 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން ކުކުޅުބިހާއި ކާއްޓާއި ރީނދޫމުގު އެސްޓީއޯއިން އެތެރެކޮށް ވިއްކުމަށް ކެބިނެޓުން ނިންމެވުމާ ގުޅިގެން މޭވާ އާމއި ތަރުކާރީ ހިމެނޭ ގޮތުން ކާބޯތަކެތީގެ އަަސާސީ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އެއްޗެހި މަދުނުވާ ވަރަށް ގެނެވޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހީމް ވިދާޅުވީ އެ ބާވަތްތައް ގިނަ އަދަދަަކަށް ގެނެސް ގުދަން ކުރެވޭނެ އިންތިޒާމު މާލޭގެ އިންޑަސްޓްރިއަލް ޒޯންގައި އެކުންފުނިން ހަދާފައިވާ 2 ގުދަނެއްހގައި މިހާރު ހަމަޖައްސާފައިވާނެ ކަމަށާއި، ދުރު ގައުމުތަކުން ގެންނަންޖެހޭ މޭވާ އާއި ތަރުކާރީގެ ބާވަތްތައްކަނޑުމަގުން ގެނައުން ލަސްވާނަމަ އެއިން ބާވަތެއް މަދުވިނުދިނުމަށްޓަކައި ވައިގެ މަގުން ގެންނަން ޖެހުނަސް އެ ކުންފުނިން އެކަން ކުރާނެ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ އެކުންފުނީގެ ގުދަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށާއި އަސާސީ ކާބޯތަކެތި ހުސްވިޔަނުދީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް އެސްޓީއޯއިން ފޯރުކޮށްދެމުންގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *