އިންޑިއާ ބަލިކޮށް ރާއްޖެއިން ސެމީފައިނަލްގެ ޖާގަ ކަށަވަރުކޮށްފި

ކުޅުދުއްފުށީގައި ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ލީގުބުރުގެ ފަހު މެޗުގައި އިންޑިއާ ބަލިކޮށް ރާއްޖެ ތިންވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭ އިންޑިއާއާ ދެކޮޅަށް ރާއްޖޭން މެޗު ކާމިޔާބު ކުރީ 22-20 އަދި 22-19 އިންނެވެ. ސިދާ 2 ސެޓުން މެޗު ކާމިޔާބުކޮށްގެން ސެމީފައިނަލްގެ 3 ވަނަ ޖާގަ ރާއްޖެއިން ކާމިޔާބުކުރިއިރު ހުރިހާ މެޗަކުން މޮޅުވެގެން ސެމީގެ 1 ވަނަ ޖާގަ ހޯދީ ޕާކިސްތާނެވެ. 2 ވަނަ ސްރީލަންކާ ހޯދިއރު 4 ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ދެކުނު އެފްރިކާ އެވެ.

މި މުބާރާތުގެ ލީގުބުރުގައި ރާއްޖޭން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުންވަނީ މޮޅުވި އެވެ. ރޭ އިންޑިއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާގެ މައްޗަށް ހޯދި މޮޅުގެ އިތުރުން ދެކުނު އެފްރިކާގެ ވެސް ވަނީ ރާއްޖެއިން ބަލިކޮށްފައެވެ. މީގެ އިތުރުން ރާއްޖެ ބަލިވެފައިވަނީ ބަނގްލަދޭޝް އާއި ޕާކިސްތާން އަތުންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:15 ގައި ފަށެމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ޕާކިސްތާނާއި ބަންގަލަދޭޝް އެވެ. ރާއްޖޭން ލަންކާއާ ދެކޮޅަށް ކުޅޭ ސެމީގެ މެޗު ފަށާނީ މިއަދު ހަވީރު 5:15 ގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *