ކޮޅުމަޑުލުގައި އާރުޓީއެލް ފެރީގެ ޚިދުމަތްދޭން ތައްޔާރުވެއްޖެއެވެ.
ކާމިޔާބުކަމާއެކު މި ޚިދުމަތް ހޯރުކޮށްްދެމުންއަންނަ އެމްޓީސީސީން ބުނީ ކޮޅުމަޑުލުގައި މި ޚިދުމަތް ފެށުމަށް ބޭނުންވާ ޒަމާނީ ހައިސްޕީޑް ލޯންޗްތައް މިހާރު ތ. އަތޮޅަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މި ޚިދުމަތް ރަސްްމީކޮށް އެެއަތޮޅުގައި ފަށާނެ ވަކި ދުވަހެއް އެކުންފުނިން ނުބުނެއެވެ، މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިހަފްތާ ފަހުކޮޅު ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގައި އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް އެއަތޮޅުގައި ފެށުމަށް ހަމަޖެހިފައިވެއެވެ. ކޮޅުމަޑުލުގައި އާރުޓީއެލްގެ ޚިދުމަތް ފަށަނީ މިކަމަށްޓަކައި ވޭމަންޑޫގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މިއީ ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަށް 2022 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ.

މިހާރު އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ 11 އަތޮޅެއްގައެވެ. ބާކީ ހަތަރު އަތޮޅުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ 56 އުޅަނދު ބަންނަން އެމްޓީސީސީން މިހާރު ވަނީ ހަވާލުކޮށްފައެވެ.