"މިހާރު މި ދަތުރުތަކުގައި އައިޑެންޓިފައި ވަމުން މިދަނީ، އެކިރަށްރަށުގައި އުމްރާނީ ތަރައްގީގެ ގޮތުން ބޭނުންވާ ތަރައްގީ ތަކަކީ ކޮބައިތޯ. ބަނދަރު ކަމަށްވިއަސް، މަގުކަމަށް ވިޔަސް، 195 ޕްރޮޖެކްޓު އެއީ 20 އަތޮޅެއްގައި 115 ރަށެއްގައި. ސްޕޯޓްސް ސެންޓަރު، މަގާއި، ސްކޫލާއި، ހެލްތު ސެންޓަރު، ރަށްރަށުގެ ތަރައްގީއަށް ބޭނުންވެފައި ހުންނަ މަސައްކަތްތައް. ޕްރޮޖެކްޓުތައް ބޭނުންވޭ ވަރަށް އަވަހަށް ނިންމަން،" އެމްޑީ ވިދާޅުވިއެވެ.

އެކުންފުނީގެ 45 އަހަރުގެ ޓީމަކީ ޕްރޯއެކްޓިވްކޮށް މަސައްކަތް ކުރަން އާދަވެފައިވާ ޓީމެއް ކަމަށާއި އެމްޓީސީސީއަކީ ވިޔަފާރި ކުންފުންޏެއް ކަމަށްވުމުން އެމްޓީސީސީން އަބަދުވެސް ފޯކަސް ކުރާނީ ޕްރޮޖެކްޓުތައް އޮންނަ ޓައިމްލައިނަށް ނިންމަން ކަމަށް ވިދާޅުވިއެވެ.

"ކުރިޔަށް މި އޮތް ފަސް އަހަރަށް ނުވަތަ 6 އަހަރަށް އުމްރާނީ ތަރައްގީގެ ތެރެއިން ނިންމާލެވޭނެ ކަންތައްތައް ނިންމާލެވޭނެ ކަމަށް. އަޅުގަނޑުމެންގެ ސުޕާވައިސިން ޓީމުން މަސައްކަތް ކުރަމުންގެންދާނެ ހުރިހާ ރަށެއްގައިވެސް. ދެން ޕްރޮޖެކްޓު މެނޭޖްމަންޓް ޓީމުން. ހަމަ އެއާ އެއްކޮށް ޕްރޮކިއުމަންޓާއި ފައިނޭންސިން ވެސް މަސައްކަތް ކުރަމުން ދާނެ." ސައުދީ ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވ، މ، ފ، ދ އަތި ތ އަތޮޅުގެ ރަށްރަށުގެ ބިން ބިއްކުމާއި، ބަނދަރު ހެދުން ފަދަ  ބޮޑެތި ޕްރޮޖެކްޓްތަކުގައި އެމްޓީސީއާއެކު ވަނީ ސޮއިކޮށްފައެވެ.