Ad

ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަނީ

ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ކޮވިޑް ޓެސްޓް ހެދުމަށް ރެންޑަމް ސާމްޕަލް ނަގާ ގޮތަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިސޯޓުތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ފަތުރުވެރި ފެސިލިޓީތަކުން ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިމިވަނީ، މިފަދަ ތަންތަނުން ކޮވިޑުގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނީ، މިހާރުވެސް 30 ރިސޯޓުގައި 52 ފަތުރުވެރިންނާއި، 120 މުވައްޒަފުންނަށް ބަލި ޖެހިގެން ފަރުވާދެމުންދާ ކަމަށެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެެރިންނަށް ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރިސޯޓުތަކުގައި މުވައްޒަފުންނަށާއި، ފަތުރުވެރިންނަށް ޚާއްސަކޮށްގެން ފްލޫ ކްލިނިކްތައް ޤާއިމްކުރަން ޖެހެއެވެ. އަދި ގެސްޓްހައުސް ހުންނަ ރަށްރަށުގައިވެސް ފްލޫ ކްލިނިކްތައް ޤާއިމްކޮށް، ރަށުގައި މާސްކްއެޅުން ވަނީ މަޖޫބުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *