ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކޮށްފި އެވެ.
މީގެ ކުރިން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކޮންމެ މަހަކު ދެމުން އައީ 5،000 ރުފިޔާ ގެ އިނާޔަތެކެވެ. އަދި އޮފިޝަލުންނަށް ކުދެމުންއައީ މަހަކު 2،500 ރުފިޮޔާ އެވެ. މިހާރު މި ގެނެވުނު ބަދަލާއެކު ގައުމީ ހުރިހާ ޓީމުތަކުގެ ކުޅުންތެރިންނާއި އިފިޝަލުންނަށް އިނާޔަތުގެ ގޮތުގައި މަހަކު 7000 ރުފިޔާ ލިބޭނެ އެވެ.
ސްޕޯޓްސް މިނިސްޓްރީން، ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވައުދާ އެއްގޮތަށް ގައުމީ ޓީމުތަކުގެ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ވަނީ މި އަހަރުގެ މެއި މަހުން ފެށިގެން އެ އިނާޔަތް އެއްހަމަކޮށް 7،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައެވެ.
އަދި ބޮޑު ކުރި އިނާޔަތުގެ ޖުމްލަ އަދަދު ކަމަށްވާ 7000 ރުފިޔާ ޖަމާކުރަން ފަށާނީ މިދިޔަ މަހު 15 އިން ފެށިގެން ތައްޔާރުކުރާ "މުސާރަ ޝީޓުން" ކަމަށް ވެސް އެ މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.