އެމެރިކާގެ ފުޓްބޯޅަ ލީގް (މޭޖާ ލީގް ސޮކާ) ގެ ރަން ބޫޓް ލިއޮނެލް މެސީއަށް ލިބިއްޖެ އެވެ.
މެސީއަށް މޭޖާ ލީގުގެ ރަން ބޫޓް ލިބިފައިވަނީ އެ ލީގުގައި މެސީގެ ޓީމް އިންޓަރ މިއާމީ ކުޅުނު 28 މެޗުން 29 ގޯލު ޖަހައިދީގެންނެވެ. މޭޖާ ލީގް ސޮކާ ގެ މި ސީޒަންގެ ފަހު މެޗުގައި މެސީ ވަނީ ނާޝްވިލް ބަލިކޮޅަށް 3 ގޯލް ޖަހައި ހެޓްރިކް ހަދާފައެވެ.
8 ފަހަރު ދުނިޔޭގެ މޮޅުި ކުޅުންތެރިޔާގެ މަޣާމު (ބެލޮންޑިއޯ) ހޯދާފައިވާ މެސީ ވަނީ މި ސީޒަންގައި 19 އެސިސްޓް ވެސް ކޮށްފަ އެވެ. ފަހު މެޗުގައި ކުރި އެސިސްޓާ އެކު އޭނާގެ ކެރިއަރުގައި ވަނީ 399 އެސިސްޓް ހަމަވެފަ އެވެ.