Ad

އެމެރިކާގެ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ބެލެވިފައިވާ ބައިޑަން އަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބު ކުރައްވާނެކަމަށް ބެލެވިފައިވާ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ބައިޑަން ކާމިޔާބު ކުރައްވާނެ ކަމަށް ބެލެބުނު ނަމަވެސް އަދި މިހާތަނަށް ބައިޑަން ކާމިޔާބު އިއުލާން ކުރައްވާފައެއް ނުވެއެވެ. ވޯޓުގެ ނަތީޖާގެ ބޮޑު ބައެއް ގުނާ ނިންމާފައިވާއިރު އެމެރިކާގެ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފައިވަނީ އިންތިހާބު ބައިޑެންއަށް ކާމިޔާބު ވެއްޖެކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން އަދި އިޢުލާނެއް ނުކުރައްވައެވެ. .

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ބައިޑަން އާއި އޭނާގެ ރަނިންމޭޓް ކަމިލާ ހެރިސް ޓެގް ކުރެއްވުމަށްފަހު ވިދާޅުވީ ދެބޭފުޅުން ހޯއްދެވި ތާރީޚީ ކާމިޔާބަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.

މި ޓްވީޓުގައި ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާ އިން ޕެރިސް އެގްރިމެންޓްގައި ބައިވެރިވާން ހުށަހަޅާނެ ދުވަހެއްގެ އިންތިޒާރުގައި އެމަނިކުފާނު ހުންނެވި ކަމަށެވެ.

https://twitter.com/MohamedNasheed/status/1324915112373751808

އެމެރިކާގެ އިންތިޚާބު ބައިޑެން ކާމިޔާބު ކުރައްވާނެކަމަށް ބެލިވިފައިވާއިރު މިހާރުގެ ރައީސް ޓްރަމްޕް ގެންދަވަނީ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނަމުންނެވެ. އަދި ބައިޑެން ކޮޅަށް ނަތީޖާ ބުރަވި ނަމަވެސް އެކަން ގަބޫލު ނުކުރައްވާނެކަމަށް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *