މޯލްޑިވިއަނުން އޮސްޓްރޭލިއަށާއި ރަޝިއާ އަށް ދަތުރުތައް ފަށަން ނިންމައިފި އެވެ
އޮސްޓްރޭލިއާ އާއި ރަޝިއާ އަށް ދަތުރުތައް ފެށުމުގެ ގޮތުން އެ އެއާލައިނުން ވަނީ އެ ގައުމުތަކުން ޖެނެރަލް ސޭލްސް އޭޖެންޓުން ހޯދަން އިއުލާންކޮށްފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ މެލްބަން އާއި ރަޝިއާގެ މޮސްކޯގައި އޭޖެންޓުންގެ ގޮތުގައި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީއައިއޯ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މީގެ އިތުރުން މީހގެ ކުރިން އެ އެއާލައިނުން ވަނީ ދެކުނު ކޮރެއާއި، ދެކުނު އެފްރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށް ވެސް އޭޖެންޓުން ހޯދަން އިއުލާންކޮށްފައެވެ.
advertisment
advertisment