Ad
ތަކަންދުއަށް ލެއްގި ބޮޑުމަސް / ފޮޓޯ: އެމްއެންޑީއެފް
ތަކަންދުއަށް ލެއްގި ބޮޑުމަސް / ފޮޓޯ: އެމްއެންޑީއެފް

ތަކަންދުއަށް ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

ތަކަންދުއަށް މިއަދު ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

ތަކަންދޫ އިރުމަތީ ފަރާތަށް މިއަދު ލެއްގި ބޮޑުމަސް އޮތީ ކުނިވެ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ތަކަންދޫން ވާހަކަދެއްކި މީހަކު ބުނީ މި ބޮޑުމަހުގައި 40 ފޫޓުވަރު ހުންނާނެކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެރަށަށް ލެއްގި މަސް ނައްތާލުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން މިހާރު ފަށާފައިވާކަމަށެވެ.

ބޮޑުމަހަކީ އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ މަހަކަށް ނުވިނަމަވެސް ދޭތެރެ ދޭތެރެއިން ބޮޑުމަސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއެވެ. މިދިޔަ މަހު އައިން ހަދައިން 10 ބޮޑުމަސް ފުވައްމުލަކާ ދިމާ ބޭރުގައި އުޅެނިކޮށް ފެނިފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *