Advertisement
BML Home 2nd Ad

ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް

ރިޒްޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ.
ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް
1- الاِسْتِغْفَارُ والتَّوْبَةُ (އިސްތިޣްފާރު ކުރުމާއި ތައުބާވުން)
ދަލީލު: فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: “ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އޭރުން ވާރޭފެން ތަނަވަސްކޮށްދެއްވާނެއެވެ.”

Advertisement
Etukuri Inside ad 300x300 Desktop

2- تَقْوَى اللهَ عَزَّ وَجَلَّ (ﷲ ޢައްޒަ ވަޖައްލައަށް ބިރުވެތިވުން)
ދަލީލު: وَمَنْ يَتَّقِ اللهَ يِجْعَلْ لَهُ مَخْرَجًا (*) وَيَرْزُقُهُ مِنْ حَيْثُ لاَ يَحْتَسِبُ} (الطلاق 2-3) “އަދި ﷲއަށް ބިރުވެތިވެއްޖެ މީހަކަށް މަގުދައްކަވާހުށީމެވެ. އަދި އޭނާ ހީނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްގު ދެއްވާހުށީމެވެ.”

3- التَّوَكُّلُ عَلَى اللهِ (ﷲ އަށް ވަކީލުކުރުން)
ދަލީލު: عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ގެކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “لَوْ أَنَّكُمْ تَوَكَّلُوْنَ عَلَى اللهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خمِاَصاً وَتَرُوْحُ بِطَاناً” (إمام أحمد والترمذي وابن ماجه) “ތިޔަބައިމީހުން ހައްގުގޮތުގައި ﷲއަށް ވަކީލު ކޮށްފިނަމަ ދޫނިސޫފާ ސޫތްޕަށް ރިޒުގު ދެއްވާ ފަދައިން ތިޔަބައިމީހުނަށް ރިޒުގު ދެއްވީހެވެ. އެތަކެތި ހެނދުނު ނުކުންނަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ.”

4- صِلَة ُالرَّحِمِ (ރަޙިމުގެ ގުޅުން ދެމެހެއްޓުން)
ދަލީލު: أَنَسْ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ” (البخاري ، مسلم ، أبو داود ، أحمد) ތިބާގެ އުމުރުގައި ބަރަކާތް ލެއްވި، ރިޒްގު ތަނަވަސްވުމަށް ލޯބިކުރާމީހާ (ބޭނުންވާ މީހާ) ރަހިމުގެ ގުޅުން ބަހައްޓާށިއެވެ.”

5- الإِنْفَاقُ فِي سَبِيلِ اللهِ (ﷲ ގެ މަގުގައި ހޭދަކުރުން)
ދަލީލު: وَمَا أَنفَقْتُمْ مّن شَىْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ ٱلرَّازِقِينَ (سبأ 39) “ތިޔަބައިމީހުން ހޭދަކުޅަ އެއްޗެއްގެ ބަދަލު އެކަލާނގެ ދެއްވާނެއެވެ. އެއީ އެންމެ ހެޔޮ ރިޒްޤުދެއްވާ އިލާހެވެ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ)-الترمذي وصححه- “ޞަދަގާތުގެ ސަބަބުން އަޅާގެ މުދާ އުންޏެއް ނުވާނެއެވެ.”

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add