Ad

ކާފިއު ވަގުތު މެންދަމު 12 އިން ފަތިހު 4 އަށް ބަދަލުކޮށް، ފިޔަވަޅު ތަކަށް ލުއި ދީފި!

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދަށް އަޅާފައިވާ ބައެއް ފިޔަވަޅުތައްކަށް އެޗްޕީއޭއިން ލުއިތަކެއް ދީފައެވެ.

އެގޮތުން މާލެ ސިޓީގައި ކާފިއުގެ ވަގުތު ވަނީ 12:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައެވެ. މީގެ ކުރިން ކާފިއު ވަގުތަކީ، ރޭގަނޑު 11:00 އިން ފަތިހު 4:00 އަށެވެ. އެހެންކަމުން އެޗްޕީއޭގެ މި ނިންމުމާއެކު ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް މާލެ ސިޓީގައި އުޅަނދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުމުގެ ހުއްދަ އޮންނާނެއެވެ.

އޭގެ އިތުރުން 14 މީހުންނަށް ވުރެ ގިނައިން އެތަނަކަށް އެއް ނުވެވޭނެ ގޮތަށްވެސް ވަނީ ލުއި ދީފައެވެ.

މީގެއިތުރުން ކުޅިވަރުތައް ކުޅުމަށްވެސް ވަނީ ލުއި ދީފައެވެ. މިގޮތުން ޔޫތް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ކުޅިވަރުތައް ކުޅުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ކުޅިބަލަން ވަދެވޭނީ 14 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *