ޕީއެންސީގެ ޖަލްސާއަށް މިރޭ ހެންވޭރުގެ ގިނަ މަގުތަކެއް ބަންދު!

ޕީއެންސީއިން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދު ކުރަން ފުލުހުން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މިރޭގެ ޖަލްސާއަށް އެތައް ބަޔަކު ވަނީ މާލެ އައިސްފައެވެ. ފުލުހުން ބުނީ މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން މިއަދުގެ 18:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ވަނީ ނިންމައިފައެވެ.

އެގޮތުން އެ ވަގުތުން ފެށިގެން ބޮޑުތަކުރުފާނުމަގު, ކާނިވާ ސަރަހައްދުން ފެށިގެން ކުރީގެ ޗީބޯ ރެސްޓޯރެންޓާ ހަމައަށާއި މަޖީދީމަގުން ފެށިގެން ސޯސަން މަގާހަމައަށް އެއްކޮށް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތިން ފެށިގެން ހެންވޭރުގެ ބޮޑު ސަރަހައްދަކަށް ހަތަރު ފުރޮޅުލީ އުޅަނދު ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

ޕީއެންސީން މިރޭ ބޮޑު ޖަލްސާއެއް ބާއްވާއިރު އެ ޕާޓީއާ އެންމެ ވާދަވެރި, ރައީސް ޔާމީންގެ ޕީއެންއެފްއިން ވެސް މިރޭ ކުއްލި ޖަލްސާއެއް ބާއްވާނެކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެ ޖަލްސާ އޮންނާނީ ރައީސް ޔާމީންގެ ގެކޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *