އެކިޓީކޭ ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު ފްރާންސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ލިވަޕޫލްގެ ފޯވާޑު ހޫގޯ އެކިޓިކޭ ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު އަންނަ އަހަރު އެމެރިކާއާއި މެކްސިކޯގައި ބާއްވާ ވޯލްޑްކަޕަށް ފްރާންސް ކޮލިފައިވެއްޖެއެވެ.

ކޮލިފައިން ގްރޫޕް ޑީގައި ޔޫކުރެއިންއާއި ފްރާންސް ބައްދަލުކުރި މެޗް ފްރާންސް ކާމިޔާބުކުރީ 4-0 އިންނެވެ. ވޯލްޑް ބާކީ އެއްމެޗް އޮއްވައި ފްރާންސް ކޮލިފައިވީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ފްރާންސް އިން ޔޫކްރެއިން ބަލިކުރި ހަތަރު 4 ގޯލް ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މި މެޗް އެންމެ ޚާއްސަވީ އެ ޓީމުގެ ކެޕްޓަން ކީލިއަން އެމްބާޕޭއާއި ޒުވާން ފޯވާޑް އެކިޓީކޭ އަށެވެ. އެމްބާޕޭ މި މެޗްގައި 2 ގޯލް ޖެހިއިރު މި ގޯލް ވެގެން ގޮސްފައިވަނީ އޭނާގެ ކެރިއަރުގައި ޖެހި 400 ވަނަ ގޯލަށެވެ. މިއީ ގައުމީ ޓީމަށް ޖަހައިދިން 55 ވަނަ ލަނޑެވެ. އަނެއް ލަނޑުތައް ޖެހީ ހޫގޯ އެކިޓީކޭ އާއި މައިކަލް އޮލީސޭ އެވެ. އެކިޓީކޭ ޖެހި ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *