އަންނަ ރޯދުމަހުވެސް ކޮންމެ ގެއަކަށް މަސްދަޅު ކޭހަކާއި ކަރަންޓް ބިލަށް ބޮޑު ލުޔެއް ދެއްވާނެކަން ރައީސް އިއުލާން ކުރައްވައިފި

މިއަންނަ ރޯދުމަހުވެސް ކޮންމެ ގެއަކަށް މަސްދަޅު ކޭހަކާއި ކަރަންޓް ބިލުން ބޮޑު ލުޔެއް ދެއްވާނެކަމަށް ރައީސް އިއުލާންކުރައްްވައިފިއެވެ.

ޕީއެންސީން މިރޭ މާލޭ ހެންވޭރުގައި ބޭއްްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރެކޭވެސް އެެއްގޮތަށް މިއަހަރުވެސް ރާއްޖޭގެ ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މީގެކުރިން ރަމްޟާން މަހު އެތައް ގުނައަކަށް ބޮޑުވެގެންދާ ކަރަންޓްބިލް، މިއަހަރުގެ ރަމްޟާންމަހު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިރޭ ޕީއެންސީން ބޭއްވި ޖަލްސާއަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *