ރާއްޖޭގައި އިންވެސްޓް ކުރުމާ ގުޅޭ މަސްވަރާތަކަކަށް ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންގެ ވަފްދެއް ރާއްޖެ ވަޑައިގެންފި އެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެ ވަޑައިގެންނެވި ވިޔަފާރިވެރިންގެ ވަފްދުގައި އިސްކޮށް ހުންނެވީ ސައުދީ އަރަބިެްޔާގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އެވެ. އެ ބޭފުޅާގެ އިތުރުން މި ވަފުދުގައި އެގައުމުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
3 ދުވަހުގެ މުއްދަތަށް ސައުދީގެ ވަފްދު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތު ތަކާ ގުޅޭގޮތުން ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރުމަށް ހަވަނީ ހަމަޖެހިފައެވެ.