ސައްހަނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ވީޑީއެއް އާންމުކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ އާންމުކޮށްްފައިވާ ވީޑިއޯއިން ފެންނަ މީހާ އަކީ ސައްހަނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހޯދަން ބޭނުންވާ މީހެއް ކަމަށާއި، އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.