މުދަލު ޒަކާތުގެ ނިޞާބް ބަދަލުވުމާއި ގުޅިގެން ޒަކާތުހައުސްއިން އެކަން އިއުލާނުކޮށްފި އެވެ.
އެކަން ހާމަކޮށް ޒަކާތު ހައުސްއިން ބުނީ މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބް 19،527.90 ރިފިޔާ އަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ރަނުގެ ގރާމެއްގެ އަގަކީ 2149.39 ރުފިޔާ ކަމަށާއި ރިހީގެ ގްރާމެއްގެ އަގަކީ 32.82 ރުފިޔާ ކަމަށެވެ.
ނިޞާބު ކަނޑައެޅުން: 21 ޑިސެމްބަރު 2025 ( 01 رَجَبُ 1447ހ.)https://t.co/6pcKLQicVh#zakat #zakathousemv #maldiveszakathouse pic.twitter.com/50CgrAoGeE
— Maldives Zakat House (@ZakatHouseMv) December 21, 2025
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ އަގަށް ބަދަލުގެނެސްފައިވަނީ މި އަހަރުގެ އޯގަސްޓް މަހު އެވެ. އެފަހަރު ނިޞާބު ކަމަށް ކަނޑައަޅާފައިވަނީ 11،191.39 ރުފިޔާ އެވެ.