Ad

2021 ވަނަ އަހަރު އާސަންދައަށް 718 މިލިޔަން ރުފިޔާ!

 

2021 ވަނަ އަހަރު އާސަންދަ ސްކީމަށް 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެއް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ޔަގީން ކޮށްދެވުމަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީ އެއް ބިނާކުރުމަށް މަގު ފަހިކޮށްދޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މިފަދަ ނިޒާމަކުން ރައްޔިތުންނަށް މާލީ ރައްކާތެރިކަންވެސް ފޯރުކޮށްދޭން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ފައިދާއާ މެދު އެއްވެސް ޝައްކެތް ނެތް. ނަމަވެސް މިފަދަ ސްކީމެއް ހިންގާއިރު ޚަރަދު އިސްރާފުވުމަށް ފުރުސަތުތަކެއް ހުރިކަން ދެނެގަންނަންޖެހޭ. އަދި ޚަރަދު ބޮޑުވުމަށް މިނިޒާމުގެ ތެރެއިން އިންސެންޓިވް ތަކެއް އުފެދޭކަންވެސް ގަބޫލުކުރަންޖެހޭ. ހަގީގަތަކީ މި ބޭކާރު ވެގެންދާ ފައިސާއަކީވެސް ޓެކްސް އާމްދަނީ އިން ނުވަތަ ދަރަނި ނަގައިގެން ހަމަޖައްސަންޖެހޭ ޚަރަދުތަކެއްކަން". މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

2021 ވަނަ އަހަރު ވެގެންދާނީ ސިއްހީ އިންޝޫރެންސްގެ ނިޒާމުގައި ހުރި އިންއެފިޝަންސީތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރެއްކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ބަޖެޓްގައި އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް  3.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *