ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ

2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް 4000 އަށްވުރެ ގިނަ އެނދު އިތުރުވި: ޓޫރިޒަމް މިނިސްޓްރީ

2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް 4227 އެނދު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސަބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ހުރީ 63،248 ޓޫރިސްޓް ބެޑެވެ. ނަމަވެސް 2025 ވަނަ އަހަރު ނިމުނުއިރު 4،227 ޓޫރިސްޓް ބެޑް އިތުރުވެ ޖުމްލަ ޓޫރިސްޓް ބެޑްގެ އަދަދު ވަނީ 67,475 އަށް އަރާފައެވެ.

އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖޭގައި މުޅިން އަލަށް 6 ރިސޯޓް ހުޅުވާފައިވެއެވެ. އެގޮތުން އަލަށް ހުޅުވި 6 ރިސޯޓުގައި ހިމެނޭ 2،150 ޓޫރިސްޓް ބެޑާއެކު ރިސޯޓް ބެޑް ކެޕޭސިޓީ ވަނީ 44،697 އަށް އަރާފައެވެ. 2024 ވަނަ އަހަރު ނިމުނުއިރު ރިސޯޓް ބެޑް ކެޕޭސިޓީ އަކީ 42،547 އެވެ.

މިދިޔަ އަހަރު ރާއްޖޭގައި އިތުރު 44 ގެސްޓްހައުސްއެއް ހުޅުވާފައިވާއިރު ޖުމްލަ 1،203 ޓޫރިސްޓް ބެޑް އިތުރު ވެފައިވެއެވެ އެގޮތުން ގެސްޓް ހައުސް ބެޑް ކެޕޭސިޓީވެސް 15,621 އިން، 16,824 އަށް ވަނީ އަރާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *