Ad

ގޫގްލް "ލޫން ޕްރޮޖެކްޓް"ގެ ބެލޫން އެއް އައްޑޫ ކަނޑަށް ވެއްޓިއްޖެ

ގޫގްލް "ލޫން ޕްރޮޖެކްޓް"ގެ ބެލޫން އެއް ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް ވެއްޓުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގދ.ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް މިއަދު އެ ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މި ބެލޫން ވެއްޓެމުންދާ ކަމުގެ މަޢުލޫމާތު އިއްޔެ ހެނދުނު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިޔާއާ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއަރ ޓްރެފިކް ކޮންޓްރޯލްއިން ދިޔައީ މޮނީޓަރ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބެލޫން ރާއްޖޭގެ ލޯކަލް އެޖެންޓާ ހަވާލުކުރުމަށް އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ ކޯސްޓްގާރޑުން މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ ހަފްތާގައި ގދ. މަޑަވެއްޔާ ދިމާ އެތެރެވަރިއަށްވެސް މިފަދަ ބެލޫންއެއް ވަނީ ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *