މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު ފައިސާ 108 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 2،251،452،004 ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު (2024) ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1،080،712،329 ރުފިޔާއެވެ.
ގްރީންޓެކްހުގެ ގޮތުގައި ލިބުނު އާމްދަނީ އެހާބޮދަށް އިތުރުވި މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ބޮޑުކޮށްފައިވުމެވެ. އެގޮތުން ގްރީން ގްރީން ޓެކުހުގެ ގޮތުގައި ނަމުން އައި 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރަށް ވަނީ މަތިކޮށްފައެވެ. މީގެ އިތުރުން 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުން ނަގަމުންއައި ގްރީން ޓެކުހުގެ މިންވަރު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރައްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިއުމަކީވެސް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އަމްދަނީ އިތުރުވި އެއް ސަބަބެވެ.