Ad

މިވީ ދެ އަހަރު ތެރޭގައި ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު ގާތް ގުޅުމެއް އުފެދިއްޖެ: ރައީސް ސޯލިހު

މިވީ ދެ އަހަރު ތެރޭގައި ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު ގާތް ގުޅުމެއް އުފެދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީދުވަހުގެ މުނާޞަތުގައި ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދެ އަހަރު، ބައިނަލްއަޤްވާމީ ދާއިރާއިން، ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ޙާޞިލްކުރެވިފައިވާކަމަށެވެ. މިގޮތުން، ހީނަރުވެފައި އޮތް ޚާރިޖީ ގުޅުންތައް އަލުން ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު ގާތް ގުޅުމެއް އުފެދިގެން ހިނގައްޖެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ގިނަ މާލީ އެހީތަކެއްވެސް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް ފަށާފައިވާކަމަށެވެ. އަދި މިއަދު ޤައުމަށް ކުރިމަތިވެފައިވާ ހާލަތާ އެކުވެސް، މީގެތެރެއިން 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 156 މަޝްރޫޢެއް ފެށުމަށް މިހާރު ވެސް ތައްޔާރީތައް ވަމުން އަންނަކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެކަމަށެވެ އޭގެ ތެރެއިން، މިސަރުކާރުން އެންމެބޮޑު އިސްކަމެއް ދީގެން ފެށި އެއް މަޝްރޫޢުގައި ހިމެނޭ، 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. މި 5 ޓާޝަރީ ހޮސްޕިޓަލުގެ މަންފާ އަންނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޯވިޑް-19 މި ވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *