Advertisement
BML Home 2nd Ad

މުޙައްރަމް މަހުގައި ސުންނަތް ރޯދަ ހިފުން އޮންނަނީ ކިހިނެއްތޯ؟

މުޙައްރަމް މަހުގެ މާތްކަން

Advertisement
Etukuri Inside ad 300x300 Desktop

މުޙައްރަމް މަހަކީ އެހެނިހެން މަސްތަކުގެ މައްޗަށް މާތްކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأرْضَ مِنْهَا أَرْبَعَةٌ حُرُمٌ ﴾ [التوبة / 36]
މާނައީ: ”ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ. …”

އެ ޙުރުމަތްތެރި ކުރެއްވި ހަތަރު މަހުގެ ތަފްޞީލް ޙަދީޘްގައި ވެއެވެ.

إِنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ شَهْرُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ)) [أخرجه البخاري (3197) ومسلم (1679)]

މާނައީ: ”ހަމަކަށަވަރުން އިހު ހުރިގޮތަށް ޒަމާންތަށްވަނީ އެނބުރި އައިސްއެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއވިދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރުވެއެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެންއަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި [ހަތަރުވަނައީ] ޖުމާދާއާއި ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ މަސް ރަޖަބެވެ.”

މުޙައްރަމް މަހުގައި ސުންނަތް ރޯދަ ހިފުން

މި މައްސަރަކީ މާތް މައްސަރަކަށް ވުމާއެކު މި މައްސަރުގައި ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيْضَةِ صَلَاةُ اللَّيْلِ)) [ رواه مسلم (1163)] މާނައީ: “ރަމަޟާން މަހަށްފަހު އެންމެ އިތުރުކަންބޮޑުވެގެންވާ ރޯދައަކީ ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވީ މުޙައްރަމު މަހުގެ ރޯދައެވެ. އަދި ފަރްޟު ފަސްނަމާދަށްފަހު އެންމެ އިތުރުކަންބޮޑު ވެގެންވީ ނަމާދަކީ ދަމު ނަމާދެވެ.”

އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވިއެވެ. “ރަމަޟާންމަސް ފިޔަވައި އެހެންމަހެއްގައި ރޯދަހިފުން ސުންނަތްވެގެންވާ އެންމެ މާތް މައްސަރަކީ ﷲ ގެ ޙުރުމަތްތެރިވެގެންވާ މުޙައްރަމް މަސްކަމަށް މި ޙަދީޘުން ޞަރީޙަކޮށް ދަލާލަތު ކުރެއެވެ.” (ބައްލަވާ: لطائف المعارف )ص 33(.)

މުޙައްރަމް މަހުގައި ރޯދަ ހިފާނީ ކިތައް ދުވަހު؟ ފުރަތަމަ ދިހައެއްގައި އެކަނި ރޯދަ ހިފިދާނެތޯ؟

މުޙައްރަމް މަހުގައި ރޯދަހިފުން މުސްތަޙައްބުވެގެންވުމުގެ މާނައަކީ އެމަހުގައި ސުންނަތް ރޯދަހިފުން ގިނަކުރުމެވެ. މުޅި މަސް އެއްކޮށް ރޯދަހިފުމެއްނޫނެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާން މަސް ފިޔަވައި އެހެން އެއްވެސް މައްސަރެއްގައި އެ މައްސަރުއެއްކޮށް ރޯދަ ނުހިއްޕަވާކަމާއި ޝަޢުބާން މަހަށްވުރެ ގިނައިން އެހެން މައްސަރެއްގައި ރޯދަނުހިއްޕަވާކަން ޘާބިތުވެއެވެ. ބައްލަވާ: (صحيح البخاري ) 1969 ، 1971 (، وصحيح مسلم ) 11 56 ، 11 57 (.)

އެގޮތުން މުޙައްރަމް މަހުގެ ކޮންމެ ދުވަހެއްގައިވެސް ރޯދަ ހިފިދާނެއެވެ. ފުރަތަމަ ދިހައެއްގައި އެކަނިވެސް ރޯދަ ހިފިދާނެއެވެ.

މުޙައްރަމް މަހުގެވެސް އެންމެ މާތް ދުވަސްތަކަކީ މުޙަރަމް މަހުގެ ފުރަތަމަ ދިހައެއްގެ ދުވަސްތަކެވެ. އަބޫ އުޘްމާނު އައްނަހްދީ ވިދާޅުވިއެވެ. “އެބޭކަލުން (ސަލަފުން) ތިން ދިހައެއް މަތިވެރިކުރައްވާކަމުގައިވެއެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައަކާއި ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައަކާއި މުޙައްރަމް މަހުގެ ފުރަތަމަ ދިހައެކެވެ.” (ބައްލަވާ: لطائف المعارف )ص 35 (. )

މުޙައްރަމް މަހުގައި ރޯދަ ހިފުން ސުންނަތްވެގެންވާ ވަކި ދުވަހެއް ވޭތޯއެވެ؟

މުޙައްރަމް މަހުގެ ކޮންމެ ދުވަހެއްގައިވެސް ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. ގަދަވެގެންވާ ސުންނަތްވުމަކުން ޢާޝޫރާ ދުވަހުގައި ރޯދަހިފުން ސުންނަތްވެގެންވެއެވެ. ޙަދީޘްގައި ވެއެވެ. ((…صِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ))[أخرجه مسلم– (١١٦٢)] މާނައީ: “…ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

ޢާޝޫރާ ދުވަހުގައި ރޯދަ ހިފާއިރު، އެންމެ ރަނގަޅީ ތާސޫޢާ (9) ވަނަ ދުވަހާއެކު ހިފުމެވެ.

 

ޚުލާޞާ: މުޙައްރަމް މަހުގައި އެމީހަކު ބޭނުން ވަރަކަށް ސުންނަތް ރޯދަ ހިފިދާނެއެވެ. އެކަމަކު މުޅި މައްސަރު އެއްކޮށް ސުންނަތް ރޯދަ ހިފުން ސުންނަތްވެގެން ނުވެއެވެ.

 

މަރްޖިޢު

https://islamqa.info/ar/answers/21311

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add