Ad

25 އަހަރަށްފަހު ސްކޮޓްލެންޑް ޔޫރޯއަށް ކޮލިފައިވެއްޖެ

25 އަހަރަށްފަހު ސްކޮޓްލެންޑް ޔޫރޯއަށް ކޮލިފައިވެއްޖެއެވެ.

ސްކޮޓްލޭންޑް ޔޫރޯގެ ޖާގަހޯދީ ކޮލިފައިން ޕެލޭއޯފްގައި ސާބިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗްގެ ފުރިހަމަވަގުތު ހަމަވައިރު 1-1 ލަނޑުން އެއްވަރުވުމުން އިތުރު ވަގުތު ކުޅެ ނަތީޖާއަށް ބަދަލެއް ނައުމުން ޕެންލެޓީގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގެ ސްކޮޓްލޭންޑްގެ ރަޔާން ކިރިސްޓައި ލަނޑެއް ޖަހާ ލީޑް ނަގައިދީފަ ވަނިކޮށް ސާބިޔާއަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 90 ވަނަ މިނުޓުގައި ލުކާ ޖޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސްކޮޓްލެންޓުން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބު ކުރިއިރު ސާބިޔާގެ ފަހު ޕެނެލްޓީ އެލެކްސެންޑަރ މިޓްރޮވިޗް އަށް ކާމިޔާބެއް ނުކުރެވުނެވެ. އެއާއެކު އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްކޮޓެލޭންޑަށް ޖާގަލިބެގެން ދިޔައެވެ.

ލިވަޕޫލްގެ ޑިވެންޑަރު އެންޑީ ރޮބަޓްސަންގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން އަންނަ ސްކޮޓްލޭންޑުން މިހާރު އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ސްކޮޓެލޭންޑް މިމެޗާ އެކު ވަނީ ބަލިނުވެ ނުވަ މެޗު ހަމަކޮށްފައެވެ. މިއީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި އެގައުމުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.

ސްކޮޓްލޭންޑްގެ ރޭންޖާސްގެ ކޯޗްކަމާ ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ހަވާލުވި ފަހުން އެޤައުމުގެ ފުޓްބޯޅައަށް ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަކަމަށް އިނގެރޭސި މީޑިތަކުން ބުނެއެވެ.

ސުކޮޓްލޭން ހިމެނެނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑް، ކޮރޭޝިޔާ، ޗެކްރިޕަބްލިކް އާއެކު އެއް ގުރޫޕްއެއްގައިއެވެ. ސްކޮޓްލޭންޑުން ބޮޑު މުބާރާތެއްގައި ކުޅުނީ މީގެ 23 އަހަރުކުރިން 1998 ވަނަ ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *