ފޮޓޯ: މިހާރު
ފޮޓޯ: މިހާރު

ފީއަލީ ފަޅުގައި އޮތް ތެޔޮ ބޯޓަކާއި 4 އުޅަނދަކާއި އައިސްޕްލާންޓުގައި އަލިފާން ރޯވެއްޖެ

ފީއަލީ ފަޅުގައި އޮތް ތެޔޮ ބޯޓަކާއި 4 އުޅަނދަކާއި އައިސްޕްލާންޓުގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ ފ ފީއަލީ ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މިއަދުގެ ހެނދުނު 09:15 ހާއިރު ލިބިފައިވާ ކަމަށެވެ.

އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ފާނައިގެ މަސްވެރިކަން ކުރާ 2 ދޯންޏާއި ވެލި އުފުލަން ބޭނުންކުރާ ދޯންޏަކާއި އަދި އެރަށުގެ އައިސްޕްލާންޓުގައި ވެސް ރޯވެފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެ އުޅނދުތަކާއި އައިސްޕްލާންޓް އެއްކޮށް އަނދާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *