Ad
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް. ފޮޓޯ:ރައީސްއޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް. ފޮޓޯ:ރައީސްއޮފީސް

މިނިވަން ޤައުމެެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން: ރައީސް ސޯލިހު

ދިވެހިރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާއާއި އެދުން ފޮނުއްވައި ކުރެއްވި ޓުވީޓެއްގައެވެ. ރައީސްވަނީ މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީންކަން ފާހަކުރައްވައި އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓެވުންއެދި އެމަނިކުފާނުވަނީ ދުޢާކުރައްވާފައެވެ.

ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ. ހިޖުރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރާ މަހުގެ 2 ވަނަ ދުވަހަކީ ފުރަތަމަ ފަހަރަށް ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު މިދީބުގައި ގުގުމާލި ދުވަހެވެ. މިފެށުނީ ދިވެހިރާއްޖެ އިސްލާމްވިތާ 895 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *