Ad

ހއ. އަތޮޅުގެ އަންހެނުންނަށް ހުޅުވާލައިގެން ބާއްވާ 2 ވަނަ ވޮލީ މުބާރާތް އަންނަ ޑިސެމްބަރު މަހު!

ހއ. އަތޮޅުގެ އަންހެނުންނަށް ހުޅުވާލައިގެން ބާއްވާ 2 ވަނަ ވޮލީ މުބާރާތް އަންނަ ޑިސެމްބަރު މަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މި މުބާރާތް އިންތިޒާމްކުރަނީ ހއ. އިހަވަންދޫ ކުލަބް ޕޯލްސްޓަރ އިންނެވެ.

އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޤަވައިދު މުބާރާތް އިންތިޒާމްކުރާ ކުލަބް ޕޯލްސްޓަރގެ އޮފީހުން ލިބެން ހުންނާނެކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.

އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ހއ. އަތޮޅުގެ އަންހެނުންނަށް ހުޅުވާލައިގެން އެ ކުލަބުން ބާއްވާ ދެވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ މި އަހަރުގެ ޖެނުއަރީގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 17،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 7،000 ރުފިޔާ ވަނީ ހުށައަޅާފައެވެ.  މި މުބާރާތުގައި ހއ. އަތޮޅުން ބައިވެރިވާ ކޮންމެ ޓީމަކަށްވެސް އަތޮޅުން ބޭރުން 2 ކުޅުން ތެރިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ކުލަބް ޕޯލްސްޓަރ އިން ބުނެއެވެ.

ކޮންމެ މެޗަކުން ކުއިން އޮފް ދަ މެޗް އަދި މުޅި މުބާރާތުގެ އެންމެ މޮޅު 06 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 500 ރުފިޔާ އެވެ.

ކުލަބް ޕޯލްސްޓަރ އަކީ އިހަވަންދޫގައި އިޖުތިމާއީ ހަރަކާތްތައް ހިންގުމުގައި ނަމޫނާ ކުލަބެކެވެ. އެ ކުލަބުން މީގެކުރިން ވަނީ ގުރުއާން މުބާރާތް ތަކާއި ކުޅިވަރުގެ އެކި މުބާރާތްތައް ބާއްވާފައެވެ. އެ ކްލަބުން އިންތިޒާމްކޮށްުގެން ކުރިއަށްގެންދާ ހަރަކާތްތަކަށް އިހަވަންދޫގެ ރައްޔިތުންގެ އިތުރުން ހއ އަތޮޅުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *