Ad

ބަޖެޓް ބަހުސްގައި ބައިވެރިނުވަނީ 18 މެންބަރުން!

ބަޖެޓަށް ވާހަކަދެއްކެވީ 69 މެމްބަރުން

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓަށް ބަހުސްކުރުމަށް ފުރުސަތަށް އެދުނު ހުރިހާ މެމްބަރުނަށް ފުރުޞަތު ދިނުމަށްފަހު ބަޖެޓް ބަހުސް ނިންމާލައިފިއެވެ.

ރޭ ދަންވަރު ބަހުސް ނިންމާލިއިރު ބަޖެޓަށް ވާހަކަދެއްކެވީ 69 މެމްބަރުންނެވެ. ޖުމްލަ 87 މެންބަރުން ތިއްބަވާ މަޖިލީހުގައި ބަޖެޓަށް ވާހަކަ ނުދައްކަވާ 18 މެންބަރުން ތިއްބެވިއެވެ. ބަޖެޓް ބަހުސްއަށް ޖުމްލަ 15 ގަޑިއިރާއި 43 މިނެޓް ހޭދަކޮށްފައިވެއެވެ. މިބަޖެޓް ބަހުސް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މަޖިލީހުގައި ތިއްބެވި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެންބަރުން ބަޖެޓަށް ބަހުސް ކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތެރެއިން ބަޖެޓަށް ބަހުސް ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެކަންޏެވެ.

މިބަޖެޓަށް ވާހަކަފުޅު ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ވަނީ މިއީ ދެކޮޅު ނުޖެހޭ ބަޖެޓެއްކަމަށްބުނެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާއި، މުޙައްމަދު ވަހީދު ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނީ ފުރުޞަތު ލިބިވަޑައިގެންނެވި ނަމަވެސް ބަޖެޓަށް ވޯޓު ނުދެއްވާނެކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *