Smallpox vaccine - administration of antigenic material (vaccine) to stimulate an individual's immune system to develop adaptive immunity to a pathogen.
Smallpox vaccine - administration of antigenic material (vaccine) to stimulate an individual's immune system to develop adaptive immunity to a pathogen.

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށްވާ ހިމަބިހި ޖެހިފައިވާ 7 މީހުން މިހާތަނަށް ފެނިފައިވާކަމަށް އެޗްޕީއޭ އިން ބުނެފި

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ބަލި ޖެހިފައިވާ 7 މީހުން މިހާތަނަށް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ 7 ކޭސް މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އަދި އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދަމުންދާ ކަމަށާއޮ އެގޮތުން މި ކޭސްތަކާ ގުޅިގެން ޖުމްލަ  74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވޭތިވެދިޔަ ހަފްތާގައި އެޗްޕީއޭއިން ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް ހިމަބިހި ބަލި ޖެހިފައިވާ 5 މީހުން ރާއްޖެއިން ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން 2 މީހުންނަކީ ރާއްޖެއިން ބޭރުން އައިއިރު އެ ބަލި ޖެހިފައިވާ 2 މީހުންކަން ދެނެގަނެވިފައިވާ ކަމަށެވެ.

އަދި މިދުވަސްވަރަކީ ރާއްޖެއިން ބޭރުގެ އެކި ގައުމުގތަކުގައި، ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައިވެސް އެ ބަލި ފެތުރެމުންދާ ދުވަސްވަރަކަށްވާތީ އާންމުކޮށް ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *