Ad

ސެނަހިޔާ ހޮސްޕިޓަލްގެ ލެބޯޓްރީން ދޭ ޚިދުމަތް ފުޅާކޮށް ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ލެބޯޓްރީ އަަޕްގްރޭޑްކޮށް ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ޚިދުމަތްތައް ތަޢާރަފުކުރުމަށް މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ޚާއްޞަަ ރަސްމިއްޔާތުގައި ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން އަލްފާޞިލާ ފާތިމަތު ފިރާޝާއެވެ.

ލެބޯޓްރީއިން ދެމުގެންދާ ޚިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ޚިދުމަތެކެވެ. މީގެ އިތުރުން ލެބޯޓްރީއަށް ގެންވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް 4 ސްޓޭޝަނެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ޚާއްޞަ ސްޓޭޝަނެއް ހިމެނެއެވެ. މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ޚިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ޚިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް ތަރައްޤީކުރުމަށް ފަހު ލެބޯޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެންޑީއެފްއިން ކޮންމެ ހަފުތާއަކު ނެރޭ ހަފްތާ މަޖައްލާގެ ނޯޓިސް ބޯޑެއް ސެނަހިޔަ އޯޕީޑީ ސަރަހައްދުގައި ވަނީ ހުވާފައެވެ. މި ނޯޓިސް ބޯޑް ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ވައިސް ޗެއަރޕާސަން އަލްފާޞިލާ އައިމިނަތު ދިހުޝާނާއެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ޚިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ލެބޯޓްރީ ހުޅުވަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯރ ގެ ސަރޖަން ޖެނެރަލް، ކާނަލް ޑރ.ޢަލީ ޝާހިދު މުޙައްމަދާއި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ މޭޖަރ އައިމިނަތު ޝުމްރާއާއި ސެނަހިޔަގެ އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *