ޑްރަގް އޮޕަރޭޝަނެއްގަ އުޅެނިކޮށް ނިޔާވި ފުލުސް މީހާގެ އާއިލާއަށް ރައީސް ތައުޒިއްޔާ ފޮނުވައިފި

ޑްރަގް އޮޕަރޭޝަނެއްގަ އުޅެނިކޮށް ނިޔާވި ފުލުސް މީހާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިއްޔާ ފޮނުވައިފި އެވެ.

ރޭ އދ އަތޮޅުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ބޭނުންކުރި ފުލުހުންގެ ލޯންޗުގައި ހުއްޓައި ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނީ ހއ.އުލިގަމަށް ނިސްބަތްވާ ސީނިއަރ ސާޖަންޓް އަހްމަދު އާސިފް އެވެ.

ރައީސް ޑރ މުއިއްޒު ވަނީ އާސިފްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، މަގާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތް ކުރަނިކޮށް، ޢާޞިފް ނިޔާވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާ އެކު ކަމަށް ވިދާޅުވެފައެވެ.

އަދި އާސިފްގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކޮށް، ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ރައީސް ޑރ މުއިއްޒު ވަނީ ތަޢުޒިޔާ ދަންނަވާ ފައެވެ.

ފުލުހުން ބުނީ އާސިފް މޫދަށް ވެއްޓުނީ ރޭ ދަންވަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57″ އިން ކަމަށެވެ.

އާސިފްގެ ހަށިގަނޑު މޫދު އަޑިން ފެނުމާއެކު އއ. މަތިވެރީ ސިއްހީ މަރުކަޒަށް އާސިފް ގެންދިޔަ ކަމަށާއި ނަމަވެސް އެތަނަށް ގެންދިޔައިރު ވެސް އޭނަ ނިޔާވެފައިވާ ކަމަށް ހިމަންދޫ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *