ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގެ އިންޖީނަށް ހޮނު އެޅުމުގެ ސަބަބުން އިމަޖެންސީގައި ބޯޓު ޖައްސައިފި އެވެ.
ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގެ އިންޖީނަށް ހޮނު އެޅުމުގެ ސަބަބުން، ކަޓުނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.
ސްރީލަންކަން އެއާލައިންސުން ބުނީ، ޔޫއެލް 606 ފްލައިޓް ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޮނުއެޅުމާއެކު އަނބުރާ ޖެއްސީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ނަމަވެސް މި ހާދިސާއާއި ގުޅިގެން ނުރައްކާތެރި އެއްވެސް މި ހާދިސާއެއް އަދި މައްސަލައެއްވެސް ފާހަގަކުރެވިފައި ނުވާކަމަށްވެސް އެ އެއާލައިނުން ބުނެފައި ވެއެވެ.
އަދި އޭގެ 5 ގަޑިއިރުފަހުން އެހެން ފްލައިޓެއްގައި ޕަސިންޖަރުން އޮސްޓްރޭލިއާއަށް ފުރުވާލާފައިވާކަމަށްވެސް އެ އެއާލައިނުން ބުނެފައި ވެއެވެ.