ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފި

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ގިނަ ފޮށިތަކުން ރައީސް ނަޝީދު އުޅުއްވަނީ މާބޮޑަށްވެސް ކުރީގައެވެ. ބައެއް ފޮށިތަކުން ސަތޭކަ ޕަސެންޓްވެސް އެމަނިކުފާނު ނެންގެވިއެވެ.

މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު އުތުރުދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

 

މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެ އެވެ. މިއަދުގެ އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް  ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.

ތަފްސީލް އަންނަނީ..

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *