ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ އެމްޑީޕީގެ އާންމު މެންބަރުން އިސްކުރީ މި ރާއްޖެ: ފައްޔާޒް

ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ އެމްޑީޕީގެ އާންމު މެންބަރުން ޗެއާޕާސަން އިންތިހާބުގައި ވޯޓުދެއްވުމުގައި އިސްކުރީ މި ރާއްޖެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއިލް ވިދަޅުވެއްޖެއެވެ.

ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދުއާއި މެންބަރުންނަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ اللهގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ކާމިޔާބަށް ވާސިލުވެވިއްޖެ ކަމަށާއި، މި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ.

އަދި މިއަދު ތި ސާބިތުކޮށްދެއްވީ އެމްޑީޕީގެމިސްރާބު ކަނޑައަޅައިދޭ، ވިންދަކީ އެމްޑީޕީގެ އާންމު މެންބަރުން ކަމަށާއި، ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް އެމްޑީޕީގެ އާންމު މެންބަރުން ދެއްވީ ވޯޓަކީ މުހިންމު ވޯޓެއް ކަމަށެވެ.

އަދި މިއަދު ތި ސާބިތުކޮށްދެއްވީ މި ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ، މި ޕާޓީގެ ވިންދަކީ ތިޔަ ބޭފުޅުންކަން. ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް ތިޔަ ދެއްވީ މުހިންމު ވޯޓެއް؛ ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ފައްޔާޒުގެ ޕޯސްޓްގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި. ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން. އެމްޑީޕީ ކުރިއަށް! ފައްޔާޒް ވިދާޅުވެފައި ވެއެވެ.

ދެންއޮތް މަސައްކަތަކީ އެންމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށާއި ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އަދި އެމްޑީޕީގެ މެންބަރުން ވޯޓުން ދައްކުވައިދިނީ ރައީސް ނަޝީދާއެކު ގެންނަވަން ހުށަހެޅުއްވި ބޮޑު ބަދަލު ބޭނުންވާ ކަމަށާއި އެހެންކަމުން އެމަސައްކަތް މިހާރުން މިހާރަށް ފެށިގެންދާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *