ފުލުހުންގެ މަރުކަޒަކަށް ވަގަށްވަދެ އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ހުއްދަ ނެތި ފުލުހުންގެ މަރުޒަކަށް ވަދެވއުޅުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދިގުވާނޑު، ގުރަހާގެ، 31 އަހަރުގެ އަޙްމަދު ފަޔާޒް، އެވެ.
މި މައްސަލައާ ގުޅިގެން އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިމްމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.